ENGLISH
23 މޭ 2026
ހުރާ އާރްއޯ ޕްލާންޓުގައި 40 ކިލޯވޮޓުގެ ޕީވީ ސިސްޓަމެއް ގާއިމުކޮށްފި
22 މޭ 2026
|
ހުރާ އާރްއޯ ޕްލާންޓުގައި ސޯލާ ޕީސީ ސިސްޓަމް ގާއިމުކުރުން- ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
ކ. ހުރާގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުރާގެ އާރުއޯ ޕްލާންޓުގައި 40 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކޮށް ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ، މިއީ އެ ރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަރާމާތާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނު މުހިންމު މަޝްރޫއެއް ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ރަށުގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތަ އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށް ލިބިގެންދާނެއެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި މަޝްރޫއަކީ ސަރުކާރުގެ އަމާޒަށް ވާސިލްވުމުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މީގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރެ އެވެ.
މިއަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުން ފެށީގެން ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކުރެވުމާއެކު، ކ. އަތޮޅުގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުވެފައިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، ސްޓެލްކޯ އިން ހުރާގައި ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުންކަން ފާހަގަކޮށްލެވެއެވެ.