ENGLISH

23 މޭ 2026

Advertisement

އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ

22 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދިވެހި ޕާސްޕޯޓް- ފޮޓޯ: އެޑިޝަން އެމްވީ

މިއަހަރުގެ އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ވަނީ ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ދިވެހި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފަ އެވެ.

އެގޮތުން، 24 މެއިން ފެށިގެން 29 މެއި އާ ހަމައަށް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓަށް އެދި ހުށަހެޅުން އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ އެވެ. އަދި ޕާސްޕޯޓް ދޫކުރުން އާދިއްތައިން ބުރާސްފައްޗަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 08:30 އިން ފެށިގެން 17:00 އަށް ކުރިއަށްދާނެ އެވެ.

ހުޅުމާލެ އަދި އައްޑޫ އޮފީހުން 24 މެއި އިން ފެށިގެން 29 މެއި އާ ހަމައަށް ޕާސްޕޯޓު ދޫކުރުން ކުރިއަށްދާނީ އާދިއްތާ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 08:30 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ އިމިގްރޭޗަން އޮފީސްތަކުން ޕާސްޕޯޓު ނެގުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ 24 އަދި 24 މެއި ގައެވެ. މި ދެދުވަހުވެސް ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00ޮ އަށް މި ހިދުމަތް ކުރިއަށްދާނެއެވެ.

އީދު ބަންދުގައި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވީނަމަވެސް އީދު ދުވަސް ވާ ބުދަ ދުވަހު ހުރިހާ އޮފީސްތައް ބަންދުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު