ENGLISH
22 މޭ 2026
ޑަބްލިއުޑީސީ ރައީސުންގެ މުސާރަ މުރާޖައާކޮށްފި
22 މޭ 2026
|
މާލީ ވުޒާރާ
އެންމެ މަޤްބޫލު
ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ހަމަޖައްސައިފި އެވެެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. މީގެ އިތުރުން ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ، މެމްބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް 15،000 ރުފިޔާ ސ މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6،000 ރުފިޔާ، މެމްބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ބަދަލުތަކާ އެކު އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރައަށް އެދެވޭ ކުރިއެރުމެއް ލިބިގެންދާނެ އެވެ. މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ލިބެމުން އައީ ނިސްބަތުން ވަރަށް ކުޑަ މުސާރައެކެވެ.
މި އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށް މުހިންމު ދެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށްބަދަލުކުރި އެވެ. އަދި އަންހެނުންގެ ތަރަގީޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުން ދޭ އެއްޗެއްގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް ބަދަލުކުރި އެވެ.