ENGLISH

22 މޭ 2026

Advertisement

ސަބްސިޑީއަށް ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

22 މޭ 2026

|

އައިމިނަތު ޝަފާ

މި މަހުގެ 14 ގެ ނިޔަލަށް ތެލަށް ދިން ސަބްސިޑީ ވަނީ އިތުވެފައި. ފޮޓޯ؛މިހާރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުގެ ސަބަބުން ސަބްސިޑީއަށް ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށްއަށް އިތުރުވެއްޖެ އެވެ. 

މާލީ ވުޒާރާއިން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލައި، ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މި ޚަރަދުތަކަށް 2.1 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. 

ސަބްސިޑީއަށް ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 993.1 މިލިއަން ރުފިޔާ ނުވަތަ 77.8 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުންކަމަށް ވުޒާރާއިން ބުންޏެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ސަރުކާރުން ތެޔޮ އެތެރެކުރުމަށް ޓަކައި ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ 110 އިންސައްތަ އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހިފައިވެއެވެ.

ނަމަވެސް ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މި ދަނޑިވަޅުގައި ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު