ENGLISH

22 މޭ 2026

Advertisement

ހޮހަޅައިގެ ތެރެއިން ތަޙުޤީޤަށް ބޭނުންވާ ސާމާނު ނަގައި އޮޕަރޭޝަން ނިންމައިފި

22 މޭ 2026

|

އައިމިނަތު ޝަފާ

ފަހު ޑައިވަށް ތިން ޑައިވަރުން ފޭބި ވަގުތު - ފޮޓޯ: ޑޭން ޔޫރަޕް

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަނުގެ ކަނޑު އަޑީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާކަން ޑައިވާޒް އެލާޓް ނެޓްވާކް- ޔޫރަޕް (ޑޭން) އިން ރޭ ބުނެފި އެވެ.

ޑޭން ޔޫރަޕުން ނެރުނު ބަޔާނުގައި ބުނީ އިއްޔެ ކުރިއަށްގެންދިޔަ އެންމެ ފަހު ޑައިވްއަކީ އެ ޖަމިއްޔާގެ އިރުޝާދުގެ ދަށުން ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓްތަކުގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިއަދުގެ ޑައިވް ކުރިއަށްދިޔަ ވަގުތު މޫސުން ގޯސްވެ، ވައި ބާރުވުމާއި އޮއިގަދަވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވިނަމަވެސް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި 50 މިނެޓުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ބުންޏެވެ.

މި ޑައިވްގެ ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ތަޙުޤީޤާ ގުޅުން ހުރި ތަކެތި ނަގައި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. 

ހާދިސާގައި މަރުވި މީހުން

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް.
  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް.
  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު.

އެމީހުންގެ ހަށިތައް ނެގުމަށް ހިންގި ރިކަވަރީ އޮޕަރޭޝަނުގެ ތެރެއިން ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ގެ ފުރާނަ ވެސް ވަނީ ގެއްލިފަ އެވެ. 

މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު