ENGLISH

22 މޭ 2026

Advertisement

ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

22 މޭ 2026

|

އައިމިނަތު ޝަފާ

ޅުލެ ފަޅުތެރެއަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ؛ އެމްއެންޑީއެފް

އިއްޔެ އިރުއޮއްސުނު ފަހުން ހުޅުލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ.

މަރުވެފައިވާ އޮއްވާ ފެނިފައިވަނީ، އިބްރާހިމް ޝާކިރު (48 އަހަރު) ކ.ގުރައިދޫ / ރަތްވިލާގެ އެވެ.

އެމްއެންޑީއެފުން ބުނި އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފަޅުތެރޭގެ އަޑިން ކަމަށެވެ.  

ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، އޭނާ ހޯދުމަށް ހިންގި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓީމު ވެސް ބައިވެރިވި އެވެ. 

ކިޔުންތެރިންގެ ހިޔާލު