ENGLISH
22 މޭ 2026
ގެއްލުނީ ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެއްސެއް، އަދިވެސް ނުފެނޭ
22 މޭ 2026
|
މީހާ ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ --
އެންމެ މަޤްބޫލު
މޫދަށް ފޭބިފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ މީހާ އަދިވެސް ނުފެންނަ ކަަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެ މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މީގެ ފަސް ގަޑިއެއްހާއިރު ކުރީން ކަމަށާ އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސް އިން ބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.