ENGLISH

22 މޭ 2026

Advertisement

ޓެރިފް ކަނޑާލުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރި މަސަތްކަތެއްގެ ކާމިޔާބީ: ރައީސް

22 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމަށް އިނގިރޭސި ސަރުކާރުން ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރި މަސަތްކަތެއްގެ ކާމިޔާބީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް އިނގިރޭސިވިލާތުން 20 ޕަސެންޓްގެ ޓެރިފެއް ނަގަމުން އައި އައުން ބަދަލުކުރުމަކީ ވަރަށް އިސްކަން ދެއްވި މަސައްކަތެއް ކަމަށެވެ.

މިއަދުގެ ކާމިޔާބީއާ ހަމައަށް ވާސިލުވެވުނީ އެ ޤައުމުގެ ވެރީންނާއި ބައްދަލްވި ހުރިހާ ފަހަރަކު ތަކުރާރުކޮށް ހިއްސާކުރެއްވި ކަންބޮޑުވުންތަކާއި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ވިދާޅުވި އެވެ. ދިވެހި މަހަކީ އިނގިރޭސިވިލާތުގަައި މުހިންމު މާކެޓެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް މި ލުއި ދޭން އިނގިރޭސިވިލާތުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.

އަދި ގިނަ ގައުމުތަކަށް ލުއި ލިބުނު މި ނިންމުމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހިރާއްޖެއަށްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެންމެ ބޮޑު ލުޔެއް ލިބޭނެ އެއް ޤައުމަކީ ރާއްޖެ. އެއީ އެންމެ ބޮޑު ޓެރިފެއް އޮތީ ވެސް ދިވެހިރާއްޖެއަށް. އެހެންވީމަ ޙަޤީޤަތުގައި އެންމެ ބޮޑު ކާމިޔާބީއެއް މި ލިބުނީ ރާއްޖެއަށް މި ނިންމުމުގެ ސަބަބުން," ރައީސް ވިދާޅުވި އެވެ.

ރާއްޖޭން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 18 މިލިއަން ޕައުންޑަށް ވާވަރަށް އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރާއިރު، ޓެރިފް ކަނޑާލުމަކީ އެމަސައްކަތުގައި ދެމިތިބި މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު