ENGLISH
21 މޭ 2026
މަސައްކަތް ކުރައްވަނީ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26ގެ ކުރީން ހުޅުވަން: ރައީސް
21 މޭ 2026
|
މިރޭގެ ޕްރަގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަަވަނީ --
އެންމެ މަޤްބޫލު
އާއްމުން ޝަކުވާ ހުށަހެޅުމަށް އުފެއްދި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރީން ހުޅުވުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަޤްސަދަކީ ހުރިހާ ކަމެއްވެސް ރަނގަޅު ކުުރެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުށައެޅޭނެ ފަސޭހަ ގޮތްތަކެއް ޤާއިމު ކުރައްވާ ރައްޔިތުން އެދޭ ބަދަލުތައް ގެނެސް ދެއްވުން ކަމަށެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފެއްދެވީ އެ މަޤްސަދުގައި ކަމުގައި ވިދާޅުވެ ރައީސް ވިދާޅުވީ އަމާޒަކީ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރީން އެ ބިއުރޯގެ މަސައްކަތް ފެށުން ކަމަށެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ އިސް ވެރިއަކަށް ޑރ. މުޙައްމަދު މާހިދު ޝަރީފް މިއަދު ވަނީ އައްޔަނު ކުރައްވާފަ އެވެ.
ޑރ. މާހިދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެކެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.
މި އޮފީސް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.