ENGLISH
22 މޭ 2026
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މެޓްރިކްސްއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
22 މޭ 2026
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި މެޓްރިކްސް ޓީމު --- ފޮޓޯ: ގާފު ސްޕޯޓްސް
އެންމެ މަޤްބޫލު
25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޖެހިޖެހިގެން ހަވަނަ ފަހަރަށް ކުލަބު މެޓްރިކްސްއިން ކާމިޔާބުކޮށްފިއެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މެޓްރިކްސްއިން ހޯދިއިރު، އެ ޓީމުން ވަނީ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2020، 2022، 2023، 2024، 2025 އަހަރުވެސް ކާމިޔާބުކޮށްފައެވެ. ކޮވިޑް-19 ގެ ސަބަބުން 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.
މެޓްރިކްސްއިން މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ފަސޭހަކަމާއެކު 51-20 އިން މޮޅުވެގެންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ މެޓްރިކްސްގެ ޖުނައިނާ އަޙްމަދު އިސްހާގު، ހަމްނާ އަބްދުއްރަހްމާން، އާމިނަތު ފިރުޝާ، އައިޝަތު ސަލީމް، މަލަކް އިސްމާޢީލް މުޙައްމަދު އަދި ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު، އައިޝަތު ރީމާއެވެ. މީގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ މެޓްރިކްސްގެ ފިރުޝާއެވެ.
މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ އަލީޝާ ނޫރުލް ސޮބާހެވެ. އަދި އެންމެ މޮޅު ކޯޗަކީ މެޓްރިކްސްގެ ކޯޗު ނީޝާ ހަލީމެވެ.
މި މަހުގެ 13-21 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 15 ޓީމެއް ވާދަކުރިއިރު، މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.