ENGLISH

26 ޖުލައި 2026

Advertisement

ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމާއި، އަންހެން ފުޓްބޯޅައިގެ ޕްލޭން ފާސްކޮށްފި

25 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މިރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީން ނިންމާފައިވާ ގޮތަށް ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް އެ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުން ފާސްކޮށްފިއެވެ. 

މީރުމާ އިވެންޓް ހޯލުގައި މިރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މައިގަނޑު ދެ ކަމެއް ވަނީ ފާސްކޮށްފައެވެ.

މި ބައްދަލުވުމުގައި އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ތަރައްޤީކުރުމުގެ ޕްލޭން (2026-2030) ފާސްކުރުމުގެ އިތުރުން، ސަރަޙައްދީ ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ވެސް މެންބަރުން ވަނީ ނިންމާފައެވެ.

އެގޮތުން އެފްއޭއެމުން ރީޖަނަލް އެސޯސިއޭޝަން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަންތަކަކީ؛ ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނާއި، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންގެ އިތުރުން ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން އަދި މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން އެވެ. 

މިރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

އެފްއޭއެމުން ސަރަހައްދީ އެސޯސިއޭޝަންތައް ހަދާނީ، މިހާރު ވެސް ފުޓުބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދަށް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށެވެ.

އެއީ ނޯތު ރީޖަންގެ ހަތް އަތޮޅު ކަމަށްވާ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނޭނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ އަތޮޅު ހިމެނެ އެވެ. އަދި، މާލެ ރީޖަންގައި ވެސް ރީޖަނަލް އެސޯސިއޭޝަނެއް އުފެދިގެން ދާނެއެވެ. މާލެ ރީޖަން އަކީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށް ހާއްސަ ރީޖަންއެވެ.

މީގެ އިތުރުން ވެސް އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ވަނީ މިރޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފާސްކޮށްފައެވެ.      

ކިޔުންތެރިންގެ ހިޔާލު