ENGLISH

26 ޖުލައި 2026

Advertisement

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ލޯގޯ އިފުތިތާހުކޮށްފި

25 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މި އަހަރުގެ ނޮވެންބަރު މަހުގެ ކުރީކޮޅު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ލޯގޯ އިފުތިތާހުކޮށްފިއެވެ.

މުބާރާތުގެ ލޯގޯ އިފުތިތާހުކޮށްފައިވަނީ ބަންގްލަދޭޝްގެ ޝެރަޓަން ޑާކާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އަންނަ ނޮވެންބަރު މަހުގެ 4 އިން 17 ގެ ނިޔަލަށް ޑާކާގައި ކުރިއަށްދާ މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްފައިވަނީ، މި މުބާރާތުގެ ފެށުން ރަމްޒުކޮށްދޭ ޚާއްޞަ އޯޑިއޯ ވިޝުއަލް ޕްރެޒެންޓޭޝަނަކާއެކު އެވެ.

މި ލޯގޯ އަކީ ބަންގްލަދޭޝްގެ މުއްސަނދި ސަގާފަތާއި، އެ ޤައުމާ ގުޅުންހުރި ގިނަ ކަންކަން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯގޯއެކެވެ. އޭގެތެރޭގައި، ބަންގްލަދޭޝްގެ ސުންދަރްބަންސްގެ "ރޯޔަލް ބެންގޯލް ޓައިގާ" އާއި އެ ޤައުމުގެ ހާއްސަ ބިނާތައް ހިމެނޭހެން އަސްލު އައިޑެންޓިޓީގެ އިތުރުން އަމިއްލަވަންތަކަން ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ޓެކްނޯ ސްޕޯޓްސް ދައްކާލަނީ -- ފޮޓޯ: ސާފް

މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި "ޓެކްނޯ ސްޕޯޓްސް" ހަމަޖައްސައިފައެވެ. މިއާއެކު، މުބާރާތުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" އެވެ.

މިއީ ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެ ޤައުމުގައި ބޭއްވީ ތިން ފަހަރުވެސް ރާއްޖޭން ވަނީ އެ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އޭގެތެރެއިން، އެންމެ ފަހުން 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައެވެ. އެ ފަހަރު އަމިއްލަ ޤައުމުގައި ކުޅެ، އިންޑިއާ އިން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި މި ސަރަހައްދުގެ ޤައުމުތަކުގެ އިތުރުން ކުވެއިތާއި ލުބްނާން ވަނީ ކުޅެފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އިންޑިއާ އިން ވަނީ މުޅިއެކު ނުވަ ފަހަރު ތަށި އުފުލާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު