ENGLISH

26 ޖުލައި 2026

Advertisement

އެމްއެލްއެސް އޯލް-ސްޓަރ މެޗުގައި މި ފަހަރުވެސް މެސީ ނުކުޅޭނެ

26 ޖުލައި 2026

|

އިސްމާއިލް ޝާހު

އެމެރިކާގެ އިންޓަރ މަޔާމީގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނެލް މެސީ --- ފޮޓޯ: ރޮއިޓަރސް

އެމެރިކާގެ އިންޓަރ މަޔާމީގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނެލް މެސީ، އަންނަ ބުދަ ދުވަހު ނޯތު ކެރޮލައިނާގެ ޝާލޮޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) އޯލް-ސްޓަރ މެޗުގައި ނުކުޅޭނެކަން ކަށަވަރުވެއްޖެއެވެ.

އާޖެންޓީނާގެ ކެޕްޓަން މި މެޗުގައި ނުކުޅެނީ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލާ ހަމައަށް ކުރި ދަތުރަށްފަހު އަރާމުކުރުމަށް ބޭނުންވާތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މެސީ މިދިޔަ އަހަރުވެސް އެމްއެލްއެސް އޯލް-ސްޓަރ މެޗުގައި ކުޅެފައެއް ނުވެއެެވެ.

މީގެ އިތުރުން ހިއުގޯ ކައިޕާސް، ރޮޑްރިގޯ ޑި ޕޯލް އަދި އެމްބެކެޒެލީ އެމްބޮކާޒީވެސް މި މެޗުގައި ނުކުޅޭނެކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މި ފޯރިގަދަ މެޗަކީ އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިންނާއި މެކްސިކޯގެ ލީގު އެމްއެކްސްގެ އެންމެ މޮޅު ކުޅުންތެރިން ބައްދަލުކުރާ މެޗެކެވެ.

ޝިކާގޯ ފަޔަރގައި ދެއްކި މޮޅު ކުޅުމާއެކު އޯލް-ސްޓަރ ޓީމުން ޖާގަ ހޯދި ކައިޕާސް، މިދިޔަ ބުރާސްފަތި ދުވަހު ވަނީ މެކްސިކޯގެ ސީއެފް މޮންޓެރޭއަށް ބަދަލުވެފައެވެ. އިންޓަރ މަޔާމީގެ މިޑްފީލްޑަރު ޑި ޕޯލްވެސް، މެސީއެކޭ އެއްފަދައިން ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ކުޅުމަށްފަހު، މި ފަހަރުގެ އޯލް-ސްޓަރ މެޗުގައި ބައިވެރިނުވާން ވަނީ ނިންމާފައެވެ. ޝިކާގޯ ފަޔަރގެ ޑިފެންޑަރު އެމްބޮކާޒީއަށް މި މެޗު ގެއްލެނީ ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. ދެކުނު އެފްރިކާއަށް އުފަން މި ކުޅުންތެރިޔާވެސް ވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފައެވެ.

މި ހަތަރު ކުޅުންތެރިންގެ ބަދަލުގައި އޯލް-ސްޓަރ ޓީމަށް އަލަށް ހޮވާފައިވަނީ އިންޓަރ މަޔާމީގެ މިޑްފީލްޑަރު ޔަނިކް ބްރައިޓް، ވެންކޫވަރ ވައިޓްކެޕްސްގެ މިޑްފީލްޑަރު އެންޑްރެސް ކޫބާސް، ހިއުސްޓަން ޑައިނަމޯގެ ފޯވާޑް ގިލެރްމީ އަދި ޝިކާގޯ ފަޔަރގެ ފޯވާޑް ފިލިޕް ޒިންކަނާގަލެވެ.

ބްރައިޓް މި ސީޒަނުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން އިންޓަރ މަޔާމީ މޮޅުވެފައިވާއިރު، ކޫބާސް ވަނީ 12 މެޗުގައި 3 އެސިސްޓް ހަދާފައެވެ. ހިއުސްޓަން ޑައިނަމޯއާއެކު ފުރަތަމަ ސީޒަން ހޭދަކުރަމުންދާ ގިލެރްމީ 8 ލަނޑާއި 5 އެސިސްޓް ހޯދާފައިވާއިރު، ޒިންކަނާގަލް ވަނީ ޝިކާގޯ ފަޔަރއަށް 5 ލަނޑު ޖަހައި 7 އެސިސްޓް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު