ENGLISH

26 ޖުލައި 2026

Advertisement

އޮލިމްޕިކް ސޮލިޑާރިޓީ ކޯޗަސް އެޑިއުކޭޝަން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

26 ޖުލައި 2026

|

އިސްމާއިލް ޝާހު

އޮލިމްޕިކް ސޮލިޑާރިޓީ ކޯޗަސް އެޑިއުކޭޝަން ކޯސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

އޮލިމްޕިކް ސޮލިޑާރިޓީ ކޯޗަސް އެޑިއުކޭޝަން ލެވެލް 1 ކޯޗިން ކޯހާއި ރިފްރެޝަރ ކޯސް މާލޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

މި ކޯސް ކުރިއަށްދިޔައީ މި މަހުގެ 20 އިން 26 ގެ ނިޔަލަށެވެ. ހަތް ދުވަހުގެ މުއްދަތަށް އަމަލީ އަދި ތިއަރީ ސެޝަންތަކާއެކު ކުރިއަށްދިޔަ މި ކޯހުގައި ކިޔަވައިދެއްވީ ނިކިލް ޗަންދުރަ ދާރް އަދި ހެންޑަލް ލިންގެވެ.

އޮލިމްޕިކް ސޮލިޑާރިޓީ ކޯޗަސް އެޑިއުކޭޝަން ކޯސް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މި ތަމްރީނު ޕުރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބެޑްމިންޓަން ކޯޗުންގެ ފެންވަރު މަތިކޮށް، މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މުހިންމު ހުނަރާއި މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއީ 2022 ވަނަ އަހަރަށްފަހު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ލެވެލް 1 ކޯޗިން ކޯހެވެ. މި ކޯހަކީ ފެންވަރު ރަނގަޅު ކޯޗުން ބިނާކުރުމަށާއި، ރާއްޖޭގެ ބެޑްމިންޓަންގެ ކުރިމަގު އުޖާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު