ENGLISH

22 މޭ 2026

Advertisement

ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ ޓައިބީމް ރެއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށް

21 މޭ 2026

|

ފާތުމަތު އަދާ

ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ ޓައިބީމް ރެއިންފޯސްމަންޓް މަސައްކަތްތައް/ފޮޓޯ:އާރްޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ގއ. ގެމަނަފުށީގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ޓައިބީމް ރެއިންފޯސްމަންޓް މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

މިއީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އަމާން އަދި ހަމަޖެހޭ މުޖުތަމަޢެއް ކޮންމެ ރަށެއްގައި ވެސް ބިނާކުރުމަށްޓަކައި، ސަރުކާރުން ދަނީ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޯސްޓުތައް ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

މި މަޝްރޫއުގެ އިތުރުން ގެމަނަފުށީގައި އާރްޑީސީއާ އަންނަނީ މިސްކިތެއް އިމާރާތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގައި އާރުޑީސީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު