ENGLISH

21 މޭ 2026

Advertisement

ރައީސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ބައްލަވާލެއްވުން

21 މޭ 2026

|

ޢަލީ ޝަހީމް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގެންނެވީ 18 މޭ 2026 ވަނަ ދުވަހު. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޓީސީސީގެ ސީއީއޯ އާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ. މި މަޝްރޫޢުގެ ދަށުން އެއްފަހަރާ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ފޮޓޯ: ރައީސް އޮފީސް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފަ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

އެއީ ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދު. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފަ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ރައީސް އޮފީސް

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގަ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ބައްލަވައިލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެ. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި ސަރަޙައްދު ނިމުމުން ބޮޑު ލުޔެއް ލިބިގެންދާނެ. ފޮޓޯ: ރައީސް އޮފީސް

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ނިމުމުން އެސަރަހައްދުގެ އެއްގަމުދަތުރުފަތުރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ. 

ކިޔުންތެރިންގެ ހިޔާލު