ENGLISH

20 މޭ 2026

Advertisement

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމެނީ؛ ފަހުގެ މަސައްކަތްތައް ބާރަށް ކުރިއަށް

20 މޭ 2026

|

ހަނާން އަހުމަދު ނައީމް

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން- ފޮޓޯ: އާރް.ޑީ.ސީ

ޅ.ހިންނަވަރުގައި ގާއިމުކުރަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްް ގެންގޮސް ނިމެމުންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ބުނެފިއެވެ.

މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަސައްކަތުގެ އަދާހަމަ ހިއްސާކޮށް އާރް.ޑީ.ސީ އިން ބުނީ މިހާރު ކުރިއަށް ދަނީ ވޯކްވޭ ސްކްރީޑް އާއި ފާރުގައި ކުލަލުމުގެ އިތުރުން ފެންސް ޖެހުމާއި ދުވާރުގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު ލެވެލް ކުރުމާއި ކޮމްޕެކްޝަންގެ މަސައްކަތް ކުރުމަށް ހަމަ ޖެހިފައިވާއިރު މިހާރު އެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރް.ޑީ.ސީ އިން މައުލޫމާތުދެއެވެ.

ހިންނަވަރުގައި ފުޓްސަލް ދަނޑެއް އެޅުމަށް އާރް.ޑީ.ސީ އާ ހަވާލުކުރީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުންނެވެ.

މި މަޝްރޫއުގެ އިތުރުން އިތުރު 23 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް އެ މިނިސްޓްރީއިން ވަނީ އާރް.ޑީ.ސީއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު