ENGLISH

20 މޭ 2026

Advertisement

މިފްކޯއަށް މަސްކިރުވި ދޯނިތަކަށް މިއަދުވެސް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

20 މޭ 2026

|

އާމިނަތު ނުޒްލާ

ދިވެހި މަސްވެރިން މަސްބޭނުމުގައި-- ފޮޓޯ: ޕީއެސްއެމް

މި މަހު 18 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން އެއް މިލިއަންއަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިއަދު ދޫކޮށްފި އެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 39 އުޅަނދަކަށް 1،178،116 (އެއް މިލިޔަން އެއް ލައްކަ ހަތްދިހަ އަށް ހާސް ސަތޭކަ ސޯޅަ ރުފިޔާ) ރުފިޔާ ވަނީ އިއްޔެ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 18 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.

މިފްކޯއިން ބުނީ 18 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 35 ދޯންޏަކަށް 1،106،031 (އެއްމިލިޔަން އެއްލަކަ ހަ ހާސް ތިރީސް އެއް ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ފަސް ދޯންޏަކަށް 3660 (ތިން ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 10 ދޯންޏަކަށް ޖަމާކޮށްފައިވަނީ  68،425 (ފަސްދޮޅަސް އަށް ހާސް ހަތަރު ސަތޭކަ ފަންސަވީސް ރުފިޔާ) އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު