ENGLISH

20 މޭ 2026

Advertisement

ޔަހޫދީންގެ ފިނޭންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރެފި

20 މޭ 2026

|

އައިމިނަތު ޝަފާ

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސެމޮޓްރިޗް. ފޮޓޯ؛ ރޮއިޓާސް.

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސެމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް(އައިސީސީ) އިން ނެރެފި އެވެ. 

ސެމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރެއް އެ ކޯޓުން ނެރުނީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ހިލާފު އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުގަ އެވެ. 

ސެމޮޓްރިޗްއަކީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް އެފަދަ އަމަލުތައް ހިންގުމަށް މަގުފަހިކޮށްދޭ މީހެކެވެ. 

އައިސީސީއަށް ދިން ރައްދުގައި ސެމޮޓްރިޗް ބުނެފައިވަނީ ކޯޓުގެ މި ހުކުމަކީ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ކަމަށެވެ. އަދި މުޅި ދުނިޔެ ނުރައްކާ ކުރާނެކަމުގެ އިންޒާރު އޭނާ ދީފައި ވެއެވެ. 

ހުޅަނގު އައްސޭރީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޔަހޫދީ ސަރުކާރުގެ ތެރެއިން ބޮޑެތި ބާރުތަކެއް ލިބިފައިވާ ސުމޮޓްރިކް ހައްޔަރުކުރުމަށް ނެރުނު އަމުރާ ގުޅިގެން އޭނާ ވަނީ ގުދުސްގެ "ޚާން އަލް-އަހްމަރު" އަވަށް ތަޅާލުމަށް ވެސް އަމުރުކޮށްފަ އެވެ. ނަމަވެސް އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އދ. އާއި އައިސީސީ އިން އިންޒާރު ދިނުމާ ގުޅިގެން މިހާތަނަށް އެ އަމުރު ތަންފީޒުކޮށްފައެއް ނުވެ އެވެ.

އައިސީސީގެ މި އަމުރަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ޔަހުދީން ޒިންމާދާރުކުރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ޔަހޫދީ ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ އަމުރުތަކަށް ގޮންޖަހަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު