ENGLISH
20 މޭ 2026
މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައި ކުންފުނި އަމިއްލަޔަށް ހިންގަން ފަށައިފި
20 މޭ 2026
|
މިފްކޯ
އެންމެ މަޤްބޫލު
ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައި ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގަން ފަށާފައިވާކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ މަގުން މާލީ ވުޒާރާއިން އައީ މިފްކޯއަށް ސަބްސިޑީ ދެމުން ނެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 1.1 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ބުރަބޮޑުވާގޮތަށް ކުންފުނި ހިންގުމަކީ ކުރަންޖެހޭކަމެއް ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެ އުސޫލު މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށާއި މިހާރު ސަބްސިޑީ ދެމުން ގެންދާނީ ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލަށް އެކަނި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެހެން ކުންފުނިތަކެކޭ އެއްގޮތަށް މިހާރު މިފްކޯއިންވެސް އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީ އާއްމު ރޭޓުގައި ކަމަށެވެ.
ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ސަރުކާރު ވެރިކަމަށް އައި އިރު މިފްކޯ ދައުލަތަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.
މިފްކޯގެ 2024 ވަނަ އަހަރުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އެ އަހަރު ކުންފުނީގެ އާމްދަނީ 2.009 ބިލިއަން ރުފިޔާއިން 1.076 ބިލިއަން ރުފިޔާއަށް ވަނީ ދަށަށް ގޮސްފަ އެވެ. ދެ ހާސް ސައުވީސް ވަނަ އަހަރާއި އަދި 2025 ވަނަ އަހަރަކީވެސް މިފްކޯއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އަހަރުތަކަށް ވީނަމަވެސް މިހާރުގެ މެނޭޖްމަންޓުން ދަނީ ކުންފުނީގެ އާމްދަނީ ހަރުދަނާކޮށް، އާންމު ބާޒާރުގެ ހާލަތުގައި ވެސް ކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު ދެމެހެއްޓެނިވި ގޮތަށް ސާބިތުކޮށްދިނުމަށް މަސައްކަތް ކުރަމުން ނެވެ.