ENGLISH

20 މޭ 2026

Advertisement

ބޭންކް އޮފް މޯލްޑިވްސްއިން ސަރފިން އެސޯސިއޭޝަން އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި

20 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބޭންކް އޮފް މޯލްޑިވްސްއިން ސަރފިން އެސޯސިއޭޝަން އިން އެއްބސްވުމެއްގައި ސޮއިކުރުން

ބޭންކް އޮފް މޯލްޑިވްސްއިން ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު އެއްބަސްވުމެއް ގާއިމުކުރީ 2022 ވަނަ އަހަރުއެވެ. އަދި 2024 ވަނަ އަހަރު އ އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން، މިފަހަރު އެއްބަސްވުން އައުކޮށްފައިވާ އިރު، މި ޕާޓްނަރޝިޕްގެ ދަށުން ޤައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކުގެ ސްޕޮންސްރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދެމެހެެއްޓުމަށް ވަނީ އެއްބަސްވެވިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްސަދުގައި ބާއްވާ އަހަރީ " ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް " އަށް ބޭނުންވާ އެހީތެރިކަން ވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.

ރާއްޖޭައި ކުޅިވަރުގެ ހުނަރުތައް ތަރައްޤީކުރުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަރޝިޕް" ޕްރޮގްރާމެއް ހިންގާކަން ފާހަގަކޮށްލެވެއެވެ.

މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ އެތްލީޓަކަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން، ބައިނަލްއަޤުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕިންސްގައި މަތީ ފަންތީގެ ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ޤައުމީ އެސޯސިއޭޝަން ތަކާއެކު ޤާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން މުޅި ރާއްޖޭގައޮ ކުޅިވަރުގެ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު