ENGLISH
20 މޭ 2026
ކަޕް އޮފް ޔޫއެފްއާރްސީގެ ނިންމުން ސްޕޯޓްސް ކޮމިޝަނަރ ޝަރަފުވެރިކޮށްދެއްވައިފި
20 މޭ 2026
|
ކަޕް އޮފް ޔޫއެފްއާރްސީގެ ޗެމްޕިއަން ޓީމު ޑިކެޑްސްއަށް ސްޕޯޓްސް ކޮމިޝަނަރ އިނާމުދެއްވަނީ --- ފޮޓޯ: އުނގޫފާރު.ކޮމް
އެންމެ މަޤްބޫލު
ރ. އުނގޫފާރުގައި ކުރިއަށްދިޔަ "ކަޕް އޮފް ޔޫއެފްއާރްސީ" ފުޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެރޭ މުބާރާތުގެ ފައިނަލް މެޗު ކުޅުނުއިރު، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުނގޫފާރުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޑިކެޑްސްއިންނެވެ. އެ ޓީމުން މި މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި ޓީމު އޮރިއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ކަޕް އޮފް ޔޫއެފްއާރްސީގެ ޗެމްޕިއަން ޓީމު ޑިކެޑްސް --- ފޮޓޯ: އުނގޫފާރު.ކޮމް
އުނގޫފާރު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ ފަހު ހާފުގެ އަށްވަނަ މިނެޓުގައި އަޙްމަދު އާދަމެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޑިކެޑްސްއިން ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ އެ ޓީމުގެ ތާރީޚުގައި ހޯދި ހަތްވަނަ ތައްޓެވެ.
މި މުބާރާތުގެ ފައިނަލް މެޗާއި ނިމުމުގެ ރަސްމިއްޔާތު ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް ޝަރަފުވެރިކޮށްދެއްވިއިރު، ޠަލާލް ވަނީ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީމު އޮރީގެ އާތިފް އިގުބާލަށްވެސް އިނާމު ދެއްވާފައެވެ.