ENGLISH
19 މޭ 2026
ފާއިތުވި ހަފުތާގައި މާލޭ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގއި 62 މީހަކު ހައްޔަރުކުރި
19 މޭ 2026
|
ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ، ފޮޓޯ: ދަ ޕްރެސް
އެންމެ މަޤްބޫލު
މި މަހުގެ ދިހަވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް މާލޭ ސަރަހައްދުގައި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަންތަކުގައި 62 މީހަކު ހައްޔަރުކޮށްފަައިވާކަމަށް އެ ހިދުމަތުން ބުނެފިއެވެ.
ހަފުތާއަކު އެއްފަހަރު ފުލުހުން އާއްމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި މާލޭ ސަރަހައްދުގެ ފުލުހުންގެ އެކި ސްޓޭޝަންތަކަށް ޖުމްލަ 346 މައްސަލަަ ހުށަހެޅުނެވެ.
މި މައްސަލަަތަކުގެ ތެރޭގައި ހިމެނެެނީ މާލޭ ފްރޮންޓްލައިން ޕޮލިސިންގެ ދަށުގައި ހިމެނޭ ހެންވޭރު ފުލުހާއި ގަލޮޅު ފުލުހާއި މާފަންނު ފުލުހަށް ހުށަހެޅުނު 174 މައްސަލައެއްގެ އިތުރަށް ތިލަމާލޭ ފުލުހުންގެ ދަށުގައި ހިމެނޭ ވިލިމާލޭ ފުލުހާއި، ތިލަފުށީ ފުލުހާއި ގުޅިފަޅު ފުލުހަށް ހުށަހެޅުނު 13 މައްސަލައަކާއި، ހުޅުމާލޭ ފްރޮންޓްލައިން ޕޮލިސިންގެ ދަށުގައި ހިމެނޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލުހާއި، ދެވަނަ ފިޔަވަހީގެ ފުލުހަށް ހުށަހެޅުނު 141 މައްސަލއާއި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަށް ހުށަހެޅުނު 18 މައްސަލައެވެ.
އޭގެ އިތުރަށް ޓްރެފިކު އަދި މަގުތައް މެނޭޖުކުރާ ފުލުހުންނަށް ޖުމްލަ 50 މައްސަލައެއް އެ މުއްދަތުގައި ހުށަހެޅިފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
މާލޭގެ ފްރޮންޓްލައިން ފުލުހުންވަނީ 5،854 ތަނެއް ބަލައިފާސްކޮށްފައެވެ. އަދި ތިލަމާލޭ ފުލުހުންވަނީ 2،693 ތަނެއް ބަލައިފާސްކޮށްފައެވެ. އަދި ހުޅުމާލޭ ފްރޮންޓްލައިން ފުލުހުންވަނީ 6،676 ތަނެއް ބަލައިފާސްކޮށްފައެވެ. އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުންވަނީ 1،328 ތަނެއް ބަލައިފާސްކޮށްފައެވެ.
ހައްޔަރުކުރި 62 މީހުންނަށް ބަލާއިރު 29 މީހަކު ހައްޔަރުކުރީ މާލޭ ފްރޮންޓްލައިން ފުލުހުންނެވެ. އަދި 15 މީހަކު ހައްޔަރުކުރީ ހުޅުމާލޭ ފްރޮންޓްލައިން ޕޮލިހުންނެވެ. ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން 18 މީހަކު ހައްޔަރުކުރިއެވެ.