ENGLISH

19 މޭ 2026

Advertisement

އޯލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި

19 މޭ 2026

|

އައިމިނަތު ޝަފާ

ދަރިވަރުންތަކެއް

މި އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

މިއަދު މެންދުރު 12:00 ފެށިގެން ނަތީޖާ ދޫކުރަމުންދަނީ އިމްތިޙާނު ހެދި ސެންޓަރުތަކުން ނެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ  ދޫކުރަމުން ދާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމް(ޑީޕީއީ)ގެ ކައުންޓަރުން ނެވެ.

 ނަތީޖާ ބަލާ ދާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެ ކަމަށް ޑީޕީއީއިން އިލްތިމާސްކުރެ އެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ކުރިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، 267 ސެންޓަރެއްގައި 8،218 ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހަދާފައި ވެއެވެ. އެއީ މާލެ ސަރަހައްދުގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު