ENGLISH

19 މޭ 2026

Advertisement

މަސްތުވަތަކެތީގެ މައްސަލައެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސި

19 މޭ 2026

|

ފާތުމަތު އަދާ

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) އާއި ނ. ކެނދިކުޅުދޫ  ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާދި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން އިބްތިޝާމް ޢަލީ އަދި އިބްރާހީމް މަޢުޞޫމް ހައްޔަރުކުރީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން މެއި މަހުގެ 18 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ޝައްކުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

އިބްތިޝާމް ޢަލީ ހައްޔަރުކޮށްފައި ވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު ފެނިފައިވާތީއެވެ. އަދި އިބްރާހީމް މަޢުޞޫމް ހައްޔަރުކުރީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނުމުންކަމަށް ފުލުހުން ބުނެފައިވެއެވެ. 

މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 17 ވަނަ ދުވަހު ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންއެވެ. އަދި އޭނާ އަތުން ވަނީ ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މަރިޔައްޕަން ގަނެޝަންގެ މައްސަލާގައި ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނިއެވެ.

މި ތިން މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު