ENGLISH
19 މޭ 2026
ހުރާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ
19 މޭ 2026
|
ހުރާ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ހުރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އެގޮތުން ބަނދަރުގެ ދުވާރު ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޮންކްރީޓް ޖެޓީ ހެދުމުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން 1،795 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް، އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުފެށި އޮތުމަށް ފަހު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅާ އެކު މަޝްރޫއުގެ މަސައްކަތް މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް 11 މަސްދުވަސް ތެރޭ ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 1،400 މީހުން ދިރިއުޅޭ ހުރާގައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި، ފަތުރުވެރިކަމާ ގުޅޭ އެކި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް އެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޖާގަ ތަނަވަސް ބަނދަރަކަށް ރަށު ރައްޔިތުން އިންތިޒާރު ކުރާތާ ވަރަށް ގިނަ ޒަމާންވެއްޖެއެވެ.
ހުރާގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ، މުދާ ބޭލުމުގައާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވާ އުނދަގޫ ތަކަށް ނިމުމެއް އަންނާނެ ކަމަށް އެރަށު ރައްޔިތުން ގަބޫލު ކުރެއެވެ.