ENGLISH
18 މޭ 2026
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ކޭވްގެ ތެރެއިން ފެނިއްޖެ
18 މޭ 2026
|
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަނީ --
އެންމެ މަޤްބޫލު
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށްވެސް ބުނެފައިވެ އެވެ.
އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައިވާ ކަމަށް ވެސް ބުންޏެވެ.