ENGLISH

18 މޭ 2026

Advertisement

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓް އަތުލައިގެންފި

18 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގެން ސިނގިރޭޓް.

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓް އަތުލައިގެންފި އެވެ. 

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅެނިކޮށް މި މަހުގެ 14 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 2،304،200 ސިނގިރޭޓް އަތުލައިގެންފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. 

ރާއްޖޭގައި ދުންފަތުގެ ގާނޫނު ހަރުކަށި ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ދަނީ ބަލަމުން ނެވެ.

އެކަމުގައި ވަކި މީހަކަށް ބެލުމެއް ނެތި ސަރުކާރުގެ އިދާރާތަކުން ދަނީ ގާނޫނު ތަންފީޒު ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު