ENGLISH
18 މޭ 2026
ޢިމާރާތްކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ފަށައިފި
18 މޭ 2026
|
އެންމެ މަޤްބޫލު
ރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް ވުޒާރާއިން ބުންޏެވެ.
މި ސެޝަންތަކުގައި އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާއި، މާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލްކުރުމުގެ ޤަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.