ENGLISH
18 މޭ 2026
ރާޅާ އަޅަން މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
18 މޭ 2026
|
ގދ. ވާދޫ. ވާދޫ ކައިރިއަށް ރާޅާ އަޅަން މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެގެން އުޅޭކަމަށް ފުލުހުން ވަނީ ބުނެފަ
އެންމެ މަޤްބޫލު
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:57 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ވާދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.