ENGLISH
18 މޭ 2026
ސީޝެލްސްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
18 މޭ 2026
|
ސީޝެލްސްގެ ޚާރިޖީ ވަޒީރާއި މަޝްވާރާކުރުމުގެ ތެރެއިން-- ފޮޓޯ: ހާރިޖީ ވުޒާރާ
އެންމެ މަޤްބޫލު
ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ފުރާވަޑައިގެންފި އެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، މި ދަތުރުފުޅުގައި ސީޝެލްސް ގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ވަނީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި ވަކީން ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން، އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިކަމަށް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެ ވަޒީރުން ވަނީ ޚިޔާލު ބަދަލުކޮށްފަ އެވެ.
މި ދަތުރުފުޅުގައި ނިންމި އެންމެ މުހިއްމު ކަމަކީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއާއި، ސޭޝެލްސްއާ ދެމެދު 30 ދުވަހަށް ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރެއްވި 'ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި' ބައިވެރިވުމުގެ ގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ރަސްމިއްޔާތެއްގައިވަނީ ގަސް އިންދަވާފަ އެވެ.
ސީޝެލްސް ގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި، މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދިޔަކަމަށް ދެ ގައުމުންވެސް ގަބޫލުކުރެ އެވެ.
ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާއުކީ، ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުން ނެވެ.