ENGLISH
18 މޭ 2026
ހަ ފަހަރަށް ވޯޓް ނަގައިގެން ވެސް މަހިބަދޫ ކައުންސިލަށް ނާއިބެއް ނުހޮވުނު
18 މޭ 2026
|
އދ މަހިބަދޫ --
އެންމެ މަޤްބޫލު
އދ. މަހިބަދޫ ކައުންސިލްގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު ނުހޮވި ދިގުލައިގެން ގޮސްފި އެވެ.
ކައުންސިލްތަކުގެ އައު ދައުރު މިއަދު ވަނީ ފަށާފަ އެވެ. ކައުންސިލަރުން ހުވާކުުރުމަށް ފަހު ފުރަތަމަ ބައްދަލްވުން މިއަދު ބާއްވާފައިވާއިރު ރަސްމީ ފުރަތަމަ މަސައްކަތަކީ ކައުންސިލަށް ނާއިބެއް އިންތިހާބު ކުރުމެވެ.
ނާއިބު ރައީސްގެ މަގާމަށް ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލި އެވެ. އެއީ ކޮންގްެރެސްގެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކާއި އަދި އަމިއްލަ މެންބަރެކެވެ. ނަތީޖާ އަކީ ކޮންގްރެސް އާއި އެމްޑީޕީގެ މެންބަރަށް ދެ ވޯޓް އަދި އަމިއްލަ މެންބަރަށް ވޯޓެކެވެ.
އެހެންކަމުން އެލްޖީއޭއިން އެންގީ ދެ ވޯޓް ލިބުނު ދެ މެންބަރުންގެ މެދުގައި އަލުން ވޯޓް ނެގުމަށެވެ. ނަމަވެސް އެ ގޮތަށް ފަސް ފަހަރު ވޯޓް ނެގުމުން ވެސް ކޮންމެ މެންބަރަކަށް ލިބުނީ ދެ ވޯޓެވެ. އަނެއް ވޯޓް ކޮންމެ ފަހަރަކު ވެސް ބާތިލެވެ.
މިރޭ ބާރަ ޖަހަންދެން ވޯޓް ނެގުން ކުރިއަށް ގެންދިއުމަށް ފަހު ނަތީޖާ ނުނެރެވުމުން އަލުން ވޯޓް ނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މި ފަހަރު މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.