ENGLISH

18 މޭ 2026

Advertisement

އިދިކޮޅުގެ މުޒާހާރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި

17 މޭ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްގެން ގެންދަނީ --

މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ރޭގެ މުޒާހަރާއިން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އެވެ.

ހައްޔަރުކުރީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު ވަނީ ދޫކޮށްލާފަ އެވެ. ދެންތިބި ތިން މީހުންގެ ތެރެއިން އެކަކު ތިން ދުވަހަށް ބަންދު ކުރުމަށް، އެކަކު ފަސް ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ކޯޓުން ބަންދުކުރަން އަމުރު ކުރި މީހުންގެ ތެރެއިން 3 ދުވަހަށް ބަންދު ކުރަން އަމުރު ކުރި މީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު