ENGLISH

17 މޭ 2026

Advertisement

މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރެއްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

17 މޭ 2026

|

މުޙައްމަދު އަދުހަމް

މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައްކާތެރިކަމާއެކު މަގުމަތި ބޭނުން ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ވިދާޅުވެ ފައެވެ.

ނައިބު ރައީސް ވިދާޅުވީ، އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމު އެއްކަން ކަމަށެވެ.

"ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު