ENGLISH
17 މޭ 2026
ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުންނަށް ރައީސްގެ މަރުހަބާއާ ސާބަސް: 112 ރަށަކަށް ނިސްބަތްވާ 343 ބައިވެރިން ދަސްވެނިވި
17 މޭ 2026
|
ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށް ބެލެނިވެރީންނާއި ބައްދަލްވުން --
އެންމެ މަޤްބޫލު
ވަތަނީ ޚިދުމަތުގެ ޕްރޮގުރާމުގެ މަފުހޫމަކީ ރާއްޖެއަށް އައު ކަމެކެވެ. ނަމަވެސް މިއީ ރާއްޖެއަށް ވަރަށް މުހިންމު ޕްރަގްރާމެކެވެ. މީގެ އެތައް އަހަރެއްކުރީން ފަށަން ޖެހޭނެ ޕްރަގްރާމެކެވެ. އެކަން ނުވެ ނުވަތަ ނުކޮށް އޮތީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަތަނީ ޚިދުމަތުގެ ޕްރޮގުރާމް ފެށީ ސެޕްޓެންބަރު 18، 2025 ގަ އެވެ.
އެ ޕްރަގްރާމަށް ހުޅުވާލުމާއެކު ބޮޑު ތަރުޙީބެއް ލިބިގެންދިޔަ އެވެ. މިފަދަ މުހިންމު ޕްރަގްރާމަކަށް ދިވެހިޤައުމު ބޭނުންޖެހިފައި އޮތް މިންވަރު ހާމަވި އެވެ. ފުރަަތަމަ ބުރަށްވެސް 1,200 ވުރެ ބައިވެރީން ކުރިމަތިލި އެވެ. މި އަހަރު ހުޅުވާލި ފުރުސަތުގައި 1,700 ވުރެ ގިނަ ބައިވެރީން ފޯމް ހުށައެޅި އެވެ. އެހެން ކަމުން އެކި ބުރުތަކަށް ބަހާލައިގެން ވީހާވެސް ގިނަ އަދަދެއްގެ ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށް ބެލެނިވެރީންނާއި ބައްދަލްވުން --
ވަތަނީ ޚިދުމަތުގެ ޕްރޮގުރާމުގައި މިއަދަކީ އަނެއްކާވެސް ތާރީޚީ ދުވަހެކެވެ. މިއީ މި ޕްރަގްރާމުގެ ތިންވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވި ތާރީޚީ ދުވަހެވެ.
ޅ. މާފިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި 343 ބައިވެރީން ވަނީ ދަސްވެނިވެފަ އެވެ. މި ބައިވެރީންނާއި ބައިވެރީންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙަބާ ވިދާޅުވެ ސާބަސް ދެއްވާފަ އެވެ. އެ ބައިވެރީންނަށް ހިތްވަރު ދެއްވާފަ އެވެ.
މި ފަހަރުގެ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 343 ބައިވެރީން ވަނީ ދަސްވެނިވެފަ އެވެ. މީގެތެރެއިން 113 ބައިވެރީންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދީންނެވެ.
މި ފަަހަރު ދަސްވެނިވި ބައިވެރީންގެ ތެރޭގައި 63 އަންހެން ބައިވެރީން ހިމެނެ އެވެ. 280 ފިރިހެން ބައިވެރީން ހިމެނެ އެވެ.
ތިން މަސް ދުވަހަށް ހިންގާ މި ޕްރަގްރާމްގެ ފުރަތަމަ ބެޗުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެމްބަރު 27، 2025 އެވެ. އެ ތަމްރީނުތައް ނިންމާލީ ޑިސެންބަރު 28، 2025 ގަ އެވެ. އެ ފަހަރުގެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވި އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އޭގެ ތެރެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށް ބެލެނިވެރީންނާއި ބައްދަލްވުން --
ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު ފަންނީ ތަމްރީނު ފުރިހަމަކުރަން ބޭނުންވާ 66 ޒުވާނަކު މިހާރު ދަނީ ބ.ކިހާދޫ ގައި ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
މިއީ އެ ބައިވެރީންނަަށް ފަހިވީ ވަރަށް ރަނގަޅު އެހާމެ ތަނަވަސް ފުރުސަތެކެވެ.
މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ދިވެހި ވަތަނީ ހިދުމަތުގެ ދެ ބުރެއްގެ ތަމްރީނުތައް 350 ދަރިވެރުންނާއެކު ކުރިއަށްދާނެކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި ފަދައިން އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ތެރެއިން ފެއްޓެވި ޕްރަގްރާމެކެވެ. އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށް ބެލެނިވެރީންނާއި ބައްދަލްވުން --
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމުގެ ފެށުމެވެ.
މި ޕްރޮގުރާމުން ސްކޫލު މަރުހަލާ ނިންމުމަށްފަހު މަތީ ތައުލީމާއި މަސައްކަަތުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ރަނގަޅު އަހުލާގުގެ މައްޗަށް ހާނުވައި، ދީނީ އަގީދާ ވަރުގަދަ ހުނަރުވެރި ހީވާގި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް މަގުފަހި ކުރުވާނެ އެވެ.
ދެކުނު ކޮރެއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ވަރަށް ކާމިޔާބުކަމާއެކު ހިންގައި، އެ ޕްރޮގުރާމުތަކުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ޕްރޮގުރާމެއް ޒުވާނުންނަށް ހާއްސަކުރެވިގެން ހިންގާ ފުރަތަމަ ފަހަރެވެ.