ENGLISH
17 މޭ 2026
އެބޯލާ ބައްޔަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި
17 މޭ 2026
|
އެބޯލާ ބައްޔަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ވަނީ ކަނޑައަޅާފައި --
އެންމެ މަޤްބޫލު
އެބޯލާ އަކީ ޕަބްލިކް ހެލްތު އިމާޖެންސީ އޮފް އިންޓަރނޭޝަނަލްކޮންސާންގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.
އެ އިދާރާއިން އެގޮތަށް ކަނޑައަޅާފައިވަނީ ދުނިޔޭގެ ގައުމުތަކުން އެބޯލާގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ބުނީ އެބޯލާ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިގޮތަށް ކަނޑައެޅިއިރު މިދިޔަ ހަފްތާގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އުގާންޑާގައި ވަނީ އެބޯލާ އައުޓްބްރޭކެއްގެ ހާލަތު އިއުލާނު ކޮށްފަ އެވެ.
އެކަމާއި ގުޅިގެން ސަމާލުވާން ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެ އެޖެންސީން މިރޭ ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެބޯލާ އަކީ ޕަބްލިކް ހެލްތު އިމާޖެންސީ އޮފް އިންޓަރނޭޝަނަލްކޮންސާންގެ ގޮތުގައި ކަނޑައަޅާފައިވާތީ ބަލީގެ ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަކަމަށެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު ކަމުގައި ވެސް ބުނެފަ އެވެ.