ENGLISH

18 މޭ 2026

Advertisement

ޙައްޖު މަސް މާދަމާ ފެށޭނެ: އަރަފާތު ދުވަހަކީ 26، ބޮޑު ޢީދު ދުވަހަކީ 27

17 މޭ 2026

|

އަޙުމަދު ޙަމީދު

ކައުބާ

މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި އެވެ.

ސައުދީ ސަރުކާރުން އެކަން އިއުލާނުކޮށް ބުނެފައިވަނީ ހައްޖު މަހުގެ ހަނދު މިރޭ ފެނުމާ ގުޅިގެން މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސައުދީގެ މި ނިންމުމާއެކު މިއަހަރުގެ އަރަފާތު ދުވަހަކީ މި މަހުގެ 26ވާ އަންގާރަ ދުވަހެވެ. އަރަފާތު ދުވަހަކީ ދުނިޔެއަށް އިރުއަރާ އެންމެ ހެޔޮ ދުވަހެވެ.

އެ ދުވަހު ޙައްޖުވެރީން އަރާފަތުގައި ތިބޭނެ އެވެ. މިއީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުގައި ނުހުރެވިއްޖެ މީހަކަށް ޙައްޖެއް ނުވެ އެވެ. ޙައްޖަށް ނުދެވޭ މީހުންނަށް އެ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެވެ.

ސައުދީގެ މިރޭގެ ނިންމުމާއެކު މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހެވެ. މި ފަހަރު ބޮޑު އީދާ ގުޅިގެން ވަރަށް ބޮޑު ޗުއްޓީއެއް ލިބޭނެ އެވެ. ސަރުކާރުން ވަނީ އީދު ޗުއްޓީއާ ދިމާކޮށް އިތުރު ދެ ދުވަސް ބަންދުކޮށް ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު