ENGLISH

17 މޭ 2026

Advertisement

އެމްޑަބްލިޔުއެސްސީގެ ޗެއަރޕާސަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

17 މޭ 2026

|

އާމިނަތު ނުޒްލާ

އެމްޑަބްލިއުއެސްސީގެ މަޤާމުން ވަކިކުރި ޝަމްހޫޒާ އަޙުމަދު--ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ޗެއަރޕާސަން ޝަމްހޫޒާ އަޙުމަދު މަޤާމުން ވަކިކޮށްފި އެވެ.

ޝަމްހޫޒާ މަގާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީސީބީން ބުނީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރޕާސަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ބައެއް މަގާމުތަކަށް ބަދަލުގެންނަމުންނެވެ. އެގޮތުން މިދިޔަ މަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުން ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ވަނީ ޙުސައިން ފަޙުމީ އައްޔަން ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު