ENGLISH

17 މޭ 2026

Advertisement

ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓް: ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށް

17 މޭ 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލިސްކުރާ ގެ. ފޮޓޯ؛ނުކުތާ

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން 31 ޑިސެންބަރު 2024 ގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އުނިއިތުރުކަމެއް ހުރިކަމަށް ފާހަގަކުރެވިފައެއް ނުވެ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ، ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރަށް މަޖިލީހުގެ 2024 ވަނަ އަހަރުގެ އެހެނިހެން މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށް ރިޕޯޓުގައި ވެއެވެ.

ދެހާސް ސައުވީސް ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފާސްކޮށްދެއްވާފައިވަނީ 198,826,038 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު ޖުމުލަ ހަރަދު ކޮށްފައިވަނީ 190,161,253 ރުފިޔާ އެވެ. 

ކިޔުންތެރިންގެ ހިޔާލު