ENGLISH

17 މޭ 2026

Advertisement

ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން ދަސްވެނިވެއްޖެ

17 މޭ 2026

|

އައިމިނަތު ޝަފާ

ވަޠަނީ ޚިދުމަތުގެ ބައިވެރިންތަކެއް ރައީސްއާއެކު

މި ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން މިއަދު ދަސްވެނިވެއްޖެ އެވެ. 

މިކަމަށްޓަކައި ޅ. މާފިލަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ. ގައުމީ ހިދުމަތުގެ ތަމްރީނުތައް ނިންމި ދަރިވަރުންނަށް އަޒްމް ލައިދިނުމާއި ދަރިވަރުންގެ ހިނގާލުން މި ރަސްމިއްޔާތުގެ ތެރޭގައި ވަނީ ބާއްވާފަ އެވެ. 

ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގައި 112 ރަށަކުން 350 ދަރިވަރުން ވަނީ ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ނެވެ. އަދި މީގެ ތެރެއިން 344 ބައިވެރިޔަކު ވަނީ ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައެވެ.

މިއަހަރު 350 ބައިވެރިންގެ އިތުރު ދެ ބެޗް ކުރިއަށްގެންދާއިރު ބ. ކިހާދޫގައި ފުރަތަމަ ޓްރެއިނިން ނިންމި ދަރިވަރުންގެ ތެރެއިން 63 ބައިވެރިން ތަފާތު ހަ ދާއިރާއަކުން ދަސްވެނިވާނެކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުން 346 ބައިވެރިން ވަނީ ދަސްވެނިވެފަ އެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލައިފައެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެމްބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމާލީ ޑިސެންބަރު 28، 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ.

އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކު ވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. 

ކިޔުންތެރިންގެ ހިޔާލު