ENGLISH
17 މޭ 2026
ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ
17 މޭ 2026
|
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ
އެންމެ މަޤްބޫލު
މިއަހަރުގެ ތެރޭގައި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައިފިއެވެ.
މީގެތެރޭގައި އިޤްތިޞާދުގައި މުހިންމު ދައުތެއް އަދާކުރާ ސިނާއަތްތައް ހިމެނެއެވެ.
އެމްއެމްއޭގެ އޭޕްރީލް މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި، ވިޔަފާރި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ކްރެޑިޓް ނުވަތަ ލޯނު އިތުރުވި މިންވަރު، މިއަހަރުގެ ފެބުރުވަރީ މަހު ހުރީ 13 އިންސައްތައިގައެވެ. އަދި މާރޗް މަހު މި އަދަދު ވަނީ 14 އިންސައްތައަށް އިތުރުވެފައެވެ.
މި ރިޕޯޓުން ދައްކާގޮތުން އިޤުތިޞާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނު، ވިޔަފާރި އަދި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކުރި ކްރެޑިޓްވެސް މިއަހަރުގެ މާރިޗު މަހު ވަނީ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.
މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، އެ ދާއިރާއަށް ދޫކުރި ކްރެޑިޓް މާރޗް މަހު 12 އިންސައްތައަށް ވަނީ އިތުރުވެފައެވެ.
ބޭންކުތަކުން ދޫކުރި ޖުމްލަ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއްވެސް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއަށްކަން ފާހަގަކޮށްލެވެއެވެ.
މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ލޯނުގެ 34 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތައް ދޫކޮށްފައިވާ ލޯނުކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް މިގޮތަށް އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭގެ ރިޕޯޓުން ދައްކަނީ، އާ ރިސޯޓުތައް ތަރައްޤީކުރުމަށާއި، ރިސޯޓް އަދި ގެސްޓްހައުސް މަރާމާތުކުރުމަށް ދޫކޮށްފައިވާ ލޯނު އިތުރުވެފައިވުމުންނެވެ.