ENGLISH

17 މޭ 2026

Advertisement

މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދުރާއްޖެތެރެއަށް: މެޓް އޮފީސް

16 މޭ 2026

|

ހަނާން އަހުމަދު ނައީމް

މޫސުން ގޯސްވެ ކަނޑުގަދަވުން

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވެ ވިއްސާރަކުރާނެއެވެ. އެގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ، ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ، މިއަދުގެ 18:45އިން ދަންވަރު 1:30 އާ ހަމައަށެވެ.

މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު