ENGLISH
17 މޭ 2026
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ރާޒުވާ ޓީމު ލަންކާއަށް
16 މޭ 2026
|
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ލަންކާއަށް ދިޔަ ގައުމީ ރާޒުވާ ޓީމު --- ފޮޓޯ: މޯލްޑިވްސް ޗެސް އެސޯސިއޭޝަން
އެންމެ މަޤްބޫލު
ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ރާޒުވާ ޓީމު ފުރައިފިއެވެ.
ސްރީ ލަންކާގެ ކަލޫތަރާގައި އޮންނަ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ރާޒުވާ ޓީމު ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ލަންކާއަށް ދިޔަ ރާއްޖޭގެ ގައުމީ ރާޒުވާ ޓީމުގެ ޑެލިގޭޝަނުގައި ޖުމްލަ 36 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާނެ ހުނަރުވެރި 18 ކުޅުންތެރިން ހިމެނެއެވެ.
ފިޑޭ އާއި ކޮމަންވެލްތު ޗެސް އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ލަންކާގެ ޗެސް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.