ENGLISH
16 މޭ 2026
މަހުދީގެ މައްްޗަށް ކަށުނަމާދު ކުރުން މިރޭ 10 ޖަހާއިރު މަރުކަޒުގައި
16 މޭ 2026
|
އިސްލާމީ މަރުކަޒު
އެންމެ މަޤްބޫލު
ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ހާލުދެރަވެގެން ފަރުވާދެނިކޮށް މިއަދު ނިޔާވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްްޗަށް ކަށުނަމާދު ކުރުން މިރޭ 10 ޖަހާއިރު މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ.
ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން ވަނީ އޭޑީކޭއަށް ގެނެސް ފަރުވާދީފަ އެވެ. ނިޔާވީ ފަރުވާދެމުން ދަނިކޮށެވެ.
މަހުދީގެ މައްްޗަށް ކަށުނަމާދު ކުރުން މިރޭ 10 ޖަހާއިރު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ. މޫނު ދެއްކުން އޮންނާނީ މިރޭ 7:00 އިން ފެށިގެން އިސްލާމީ މަރުކަޒުގަ އެވެ.
މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ.