ENGLISH

16 މޭ 2026

Advertisement

ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ

16 މޭ 2026

|

އަޙުމަދު ޙަމީދު

‏ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެ އެވެ.

އެކަން ސިފައިން ވަނީ ދެންމެ ޔަޤީންކޮށް ދީފަ އެވެ.

ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.

އެނގިފައިވާގޮތުގައި ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން ވަނީ އޭޑީކޭއަށް ގެނެސް ފަރުވާ ދޭން ފަށާފަ އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު