ENGLISH

16 މޭ 2026

Advertisement

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ނިންމުން ނައިބު ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

16 މޭ 2026

|

އިސްމާއިލް ޝާހު

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫއެސްޔޫ

ކޮލެޖު އަދި ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް ފިއެސްޓާ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) ފުޓްސަލް ފިއެސްޓާ 2026 ގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުތައް ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔައިރު، ދެ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލުންނެވެ. ބިޒްނަސް ސްކޫލުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ވިލާ ކޮލެޖު ބަލިކުރުމަށްފަހުއެވެ. މިއީ ބިޒްނަސް ސްކޫލުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބިޒްނަސް ސްކޫލުން ހޯދީ ފައިނަލުގައި މެޕްސް ކޮލެޖާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ބިޒްނަސް ސްކޫލުން މި ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވިއިރު، މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު