ENGLISH

16 މޭ 2026

Advertisement

އިޓަލީ ފަތުރުވެރިން ހޯދަން އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެއްޖެ

16 މޭ 2026

|

ޢަލީ ޝަހީމް

ވ. އަތޮޅުގައި ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް ދިވެހި ސިފައިން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މީހެއްގެ ހާލު ދެރަވެއްޖެއެވެ. 

އެމްއެންޑީއެފް އިން ފެށި ރެސްކިއު އޮޕަރޭޝަނުގައި 8 ޑްރައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ހަރަކާތުގެ ތެރޭގައި އުޅެނިކޮށް އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ. 

ހާލު ދެރަވި އެމްއެންޑީއެފްގެ އޮފިސަރަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. 

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވްކޮށްފައިވަނީ އިއްޔެ އެވެ. އަދި ދެވަނަ ޑައިވްއަށް ތައްޔާރުވެ މިއަދު ހެނދުނު 10:30 ހާއިރު އޮޕަރޭޝަން ވަނީ ފަށާފަ އެވެ. 

މި ހާދިސާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލާތީ އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. 

ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައި ނުވާ ކަމަށް އިޓަލީ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު