ENGLISH

16 މޭ 2026

Advertisement

ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް

16 މޭ 2026

|

އައިމިނަތު ޝަފާ

ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ މިސަރުކާރުންކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިތުރުފުޅު ހައްދަވައިފި އެވެ. 

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިސަރުކާރުންކަމަށް ވިދާޅުވި އެވެ. 

މިވާހަކަތައް ދޮގުކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ އިންތިހާބުގެ ދުވަސްވަރު ކަމަށެވެ.  އެންމެ ފަހުން ބަންދުގަ ހުރި މިހާ ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުކަމަށް ވިދާޅުވި އެވެ. އުޝާމް ވަނީ މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއްކަމަށް ވިދާޅުވެ، އެކަން އެބީދައިން ނުކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ. 

މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، ބަންދުން ދޫކޮށްލި ދޫކޮށްލުންވެސް ރައީސް ސޯލިހް ވަނީ ދިފާއުކުރައްވާފަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެ ބޮޑަށް ވިއްކެވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި، ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަދި ގޮތްނޭނގޭ އެހެންވެސް މަރުތަކުގެ ގާތިލުން ހޯދައި އާއިލާތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު "ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް މަސައްކަތްތައް ފެށި އެވެ. ނަމަވެސް ވެރިކަން ނިންމާލީ މަރުތަކުގެ އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބި އެވެ.


ކިޔުންތެރިންގެ ހިޔާލު