ENGLISH

16 މޭ 2026

Advertisement

މުދަލު ޒަކާތުގެ ގޮތުގައި 50 މިލިޔަން ރުފިޔާ

16 މޭ 2026

|

އައިމިނަތު ޝަފާ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ވަނީ ލިބިފައި

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ. 

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު  8.7 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި މަހުން މަހަށް ލިބުނު އަދަދު:

ޖަނަވަރީ : 6.05 މިލިޔަން ރުފިޔާ

ފެބުރުވަރީ : 11.8 މިލިޔަން ރުފިޔާ

މާރިޗު : 27.4 މިލިޔަން ރުފިޔާ

އެޕްރީލް : 5.4 މިލިޔަން ރުފިޔާ

މި ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ފެބުރުވަރީ މަހުގެ ތެރޭގަ އެވެ. އެއީ 11.8 މިލިޔަން ރުފިޔާ އެވެ.

މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު އެވެ. 

ސަރުކާރުން ދަނީ ޒަކާތަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ޒަކާތު ހައުސް ވެސް އުފައްދަވާފަ އެވެ.

ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން ރުފިޔާ ފުރަތަމަ ފަހަރަށް ވަނީ ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު