ENGLISH
16 މޭ 2026
"ތިން ރައީސުން ގުޅުނަސް އަސްލު ބަދަލު ވޭތަ؟"
16 މޭ 2026
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް
އެންމެ މަޤްބޫލު
ތިން ރައީސުން ގުޅުނަސް އޭގެ އަސްލު ބަދަލުވާނެތޯ ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ސުވާލު އުފައްދަވައިފި އެވެ.
ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްގުގައި ކަަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް ސޯލިހް ރޭ ބައްދަލުކުރައްވާފައިވާއިރު މިކަމާ ގުޅިގެން ފަތުހީ ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓުގައި ފަތުހީ އެންމެ ފުރަތަމަވެސް އުފެއްދެވި ސުވާލަކީ ތިން ރައީސުން ގުޅުމުން އޭގެ އަސްލު ބަދަލުވާނެތޯ އެވެ.
އިތުރަށް ތަފްސީލުކޮށްދެއްވައި ފަތުހީ ވިދާޅުވީ އޭގެ ތެރެއިން އެއް އަސްލަކީ އިސްލާމީ ޝަރީޢާ ޤަބޫލު ނުކުރުން ކަމަށެވެ. އަނެއް އަސްލަކީ ކޮރަޕްޝަނާއި ދައުލަތު މާލިއްޔާ ތިމާގެއަމިއްލަ މަސްލަހަތުގައި ތާށިކުރުންކަމަށާއި ތިންވަނަ އަސްލަކީ ދައުލަތް ދަރުވާލައި ދިވެހިން ބިކަކުރި ކުރުންކަމަށް ވިދާޅުވި އެވެ.
ފަތުހީ މިފަދައިން ވިދާޅުވި އިރު ރައީސް ނަޝީދުގެ ވެރިކަމުގައި ދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ނުދެކޭ ވަރުގެ ކޮރަޕްޝަނުގެ އަމަލުތައް ފެންމަތިވި ސަރުކާރުގެ ގޮތުގައި ރައްޔިތުން އަންނަނީ ސިފަކުރަމުން ނެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރަކީ މިހާތަނަށް ނެގި އެންމެ ބޮޑެތި ލޯނުތައް ނަގައި ދައުލަތް ދަރުވާލި ވެރިކަމުގެ ގޮތުގައި ރައްޔިތުން ދެކެ އެވެ.